ކައުންސިލްގެ ނިންމުން
ނަންބަރު: 2019/21
- ހުށަހެޅުން: މުވައްޒަފުންގެ ހީވާގިކަމާއި، ޝައުޤުވެރިކަން ދެމެހެއްޓުމުގެ ގޮތުން ހިންގޭ ޕްރޮގްރާމު ކުރިޔަށްގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
މުވައްޒަފުންގެ ހީވާގިކަމާއި، ޝަޢުޤުވެރިކަން ދެމެހެއްޓުމުގެ ޕްރޮގްރާމު ހިންގުމަށްޓަކައި 20,070.00 (ވިހިހާސް ހަތްދިހަރުފިޔާ) ށ.އަތޮޅުކައުންސިލްގެ ރިކްރިއޭޝަން ކުލަބާ ޙަވާލުކޮށްގެން ކުރިޔަށްގެންދިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 މެއި 28 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 104ވަނަ ޢާއްމު ޖަލްސާއިންނެވެ.
28 މެއި 2019