ށ.އަތޮޅުކައުންސިލްގެ ލޯގޯ އާއި، ވިޔަވަތި އިނާމު ފަރުމާކުރުން 2019/19


ކައުންސިލްގެ ނިންމުން

ނަންބަރު 2019/19

  • ހުށަހެޅުން:  ށ.އަތޮޅުކައުންސިލްގެ ލޯގޯ އާއި، ވިޔަވަތި އިނާމު ފަރުމާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް/ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު            – ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު

  ށ.އަތޮޅުކައުންސިލްގެ ވިޔަވަތި އިނާމާއި، ލޯގޯ ފަރުމާކުރުމަށް 2018ވަނަ އަހަރުގެ އޮކްޓޯބަރ  18ވަނަ ދުވަހު ކުރެނު ނަންބަރު (IUL)227-PR/227/2018/52 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމާއި، ފަންނުވެރި ފަރާތްތަކުން މިކަންކުރެވޭނެ އަގެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުން ލިބިފައިވާ އަގުތައް އެކަށީގެންވާ އަގަށްވުރެ ބޮޑުވުމުގެ ސަބަބުން އަލުން ކޯޓޭޝަން ހޯދުމުން އިންކްރިއަރ އިން ހުށަހަޅާފައިވާ އެފަރާތުގެ 39ވަނަ ކޯޓޭޝަންގައިވާ 28,500.00  ރުފިޔާ އަށް އެ މަސައްކަތްކުރުމަށް އެފަރާތާ ޙަވާލުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 މެއި 21 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 103ވަނަ ޢާއްމު ޖަލްސާއިންނެވެ.

 21 މެއި 2019