ނަންބަރ: 2019/15
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: 2019ވަނަ އަހަރަށް ބަޖެޓްކުރެވިފައިވާ “ދީނީ ކަންކަން ކުރިއަރުވައި އިސްލާމްދީނަށް ލޯބިޖެއްސުމަށް ހިންގާ ޙަރަކާތްތައް” މި ޕްރޮގްރާމު ކުރިޔަށްގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުން.
- ހުށަހެޅުން ފޮނުވި ފަރާތް: ކައުންސިލް ބިއުރޯ/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
ދީނީ ކަންކަން ކުރިއަރުވައި އިސްލާމްދީނަށް ލޯބިޖެއްސުމުގެ ޕްރޮގްރާމުގެ ދަށުން “ޒުވާނުންގެ ވިޔަވަތި ކޭމްޕް”ގެ ނަމުގައި ކޭމްޕެއް، ޖަމްޢިއްޔަތުއްސަލަފް އާއި ގުޅިގެ ކުރިޔަށްގެންދިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރުފަހު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ކޮންފަރެންސްކޮށް ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 97ވަނަ ޢާއްމު ޖަލްސާއިންނެވެ.
11 އޭޕްރީލް 2019