ށ.އަތޮޅުކައުންސިލުގެ 2018ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިޔަށްގެންދެވޭ އެމަޖެންސީ ޙާލަތުގައި ބޭނުންކުރާނެ ޕަމްޕް ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ އާލާތްތައް ރަށުކައުންސިލްތަކަށް ދޫކުރަންފަށައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން 14 ރަށާއި ޙަވާލުކުރުމަށް ގެނެވިފައިވާ ޕަމްޕް ސިސްޓަމްތައް ޙަވާލުކުރަން ފެށުމުގެ ގޮތުން އިއްޔެ ނަރުދޫ ކައުންސިލް އިދާރާއާ ވަނީ ތަކެތި ޙަވާލުކުރެވިފައެވެ.
މި ޕްރޮގްރާމު ހިންގުމަށް ބޭނުންވާ ތަކެތި ގެނައުމަށް 2018 ޑިސެމްބަރު 31ގައި ޝިހާމް އަމީން އިންވެސްޓްމަންޓާ ޙަވާލުކުރެވިފައިވާއިރު މި ޕްރޮގްރާމު ހިންގުމަށް ކައުންސިލްގެ ބަޖެޓުން 290,000.00 ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.