ށ.އަތޮޅު ރަށްރަށުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ “ވިޔަވަތި އިނާމު 2019″ގެ ގިފްޓް ވައުޗަރ ދޫކުރަން ފަށައިފިއެވެ.
ސްކޫލުތަކަށް ފުރުޞަތު ހުޅުވާލައިގެން ކުރިޔަށްގެންދެވޭ މި ޕްރޮގްރާމުގައި މި އަހަރު ބައިވެރިވެފައިވަނީ 8 ސްކޫލަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ފޭދޫސްކޫލާއި، ބިލެތްފަހީ ސްކޫލާއި، ފޯކައިދޫ ސްކޫލާއި، މަރޮށީ ސްކޫލާއި، ށ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ށ.މާއުނގޫދޫ ސްކޫލާއި، ފުނަދޫ ސްކޫލާއި، މިލަންދޫ ސްކޫލެވެ. އެގޮތުން މިއަދާ ހަމައަށް ވަނީ 5 ސްކޫލަކަށް ގިފްޓް ވައުޗަރ ދޫކުރެވިފައެވެ.
އަތޮޅުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވޭ މި ޕްރޮގްރާމުގެ ދަށުން މިއަހަރު އެއްލައްކަ ރުފިޔާ އެ ސްކޫލުތަކަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.