ވިޔަވަތި ޤުރުއާން މުބާރާތް 2019 ބާއްވާނެ ރަށެއް ކަނޑައެޅުން 2019 /12


ނަންބަރ: 2019/12

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: ވިޔަވަތި ޤުރުއާން މުބާރާތް 2019، ބާއްވާނެ ރަށެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން/ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

– ހުށަހެޅި: ރައީސް މުޙައްމަދު ޢާރިފް              – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

 ވިޔަވަތި ޤުރުއާން މުބާރާތް 2019ގެ ބައިވެރިންގެ ޖުމުލަ ޢަދަދަށް ބަލާއިރު ބައިވެރިންނާއި، ވަޑައިގަންނަވާ ބޭފުޅުންގެ އެކަމަޑޭޝަނާއި، އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށް ހޯސްޓްކުރުމަށް ހުށަހަޅާފައިވާ ދެ ރަށުގެ ތެރެއިން ފަސޭހަވާނީ ފުނަދޫގައި ކަމުގައިވާތީ، މި މުބާރާތް ފުނަދޫގައި ބޭއްވުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 މާރިޗު 19 ވަނަ ދުވަހުގެ މެންދުރުފަހު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ކޮންފަރެންސްކޮށް ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 93ވަނަ ޢާއްމު ޖަލްސާއިންނެވެ.

 19 މާރިޗު 2019