ކައުންސިލްގެ ނިންމުން
ނަންބަރ: 2019/11
- ހުށަހެޅުން: ވިޔަވަތި ޤުރުއާން މުބާރާތް 2019، ބާއްވާނެ ރަށެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން/ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
ވިޔަވަތި ޤުރުއާން މުބާރާތް 2019، ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި އަދިވެސް އިތުރަށް ސްކޫލުތަކާ ވާހަކަދެއްކުމަށާއި، ޚާއްޞަކޮށް ފުނަދޫ ސްކޫލާ ވާހަކަދައްކައިގެން ކުރިޔަށްގެންދެވޭތޯ ބެލުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2019 މާރިޗު 19 ވަނަ ދުވަހުގެ މެންދުރުފަހު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ކޮންފަރެންސްކޮށް ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 93ވަނަ ޢާއްމު ޖަލްސާއިންނެވެ.