ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ށ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު 14:15 ގައި ފުނަދުއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ފުނަދޫ ދާއިރާގައި ހިމެނޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރެއްވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުނަދޫއިން ވަރަށްހޫނު މަރުޙަބާއެއް ކިޔާފައިވާއިރު މިއަދު ހަވީރު ފޯކައިދޫ އަށް ވަޑައިގެން މިރޭ އެރަށުގައި މަޑުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
You need to add a widget, row, or prebuilt layout before you’ll see anything here. 🙂
PDF Embedder requires a url attribute