ސްްޓޭޓް ހައުސް އެއްބަސްވުމާ އެއްގޮތަށް ކަންތައް ކުރިޔަށް ގެންދިއުމަށް ބާރުއެޅުން-2019/08


ކައުންސިލްގެ ނިންމުން

ނަންބަރު: 2019/08

  • ހުށަހެޅުން: ސްޓޭޓްހައުސް ހިންގުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ” އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޢަމަލުކުރައްވަމުންނުދާތީ، އެ އެއްބަސްވުން ބާޠިލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ސަޢުދުﷲ ޢުޘްމާން ށ.އަތޮޅުކައުންސިލަރ
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން               – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު

 އިދާރީ ފަށަލައިން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް މި އެމް.އޯ.ޔޫގެ ދަށުން ދެ ފަރާތުން ޢަމަލުކުރަންޖެހޭ ކަންތައްތައް ކުރެވެމުންނުދާތީ  އެކަންކަން ކޮށްދިނުމަށް އެދި ހޯމް މިނިސްޓްރީގައި ދެންނެވުމަށާއި، އެމް.އޯ.ޔޫ އަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް  އެ މިނިސްޓްރީއަށް ހުށަހަޅައި، އެ މަގުން އެކަން ކުރިޔަށްނުދާނަމަ އެމް.އޯ.ޔޫ އުވާލުމުގެ މުޢާމަލާތްތައް ހޯމް މިނިސްޓްރީއާ ގުޅިގެން ކުރިޔަށްގެންދިއުމަށް ހުށަހެޅުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2019 ޖަނަވަރީ 27 ވަނަ ދުވަހުގެ މެންދުރުފަހު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 92ވަނަ ޢާއްމު ޖަލްސާއިންނެވެ.

                   27 ޖަނަވަރީ 2019