ކައުންސިލްތަކުގެ ރޭންކިންގ 2017 އިން މަތީ ވަނަތަކެއް ށ.އަތޮޅުކައުންސިލަށް


ލޯކަލް ގަވަރމެންޓް އޮތޯރިޓީން ޢާއްމުކުރި “ކައުންސިލްތަކުގެ ރޭންކިންގ 2017″ގައި ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް އިން އަތޮޅުކައުންސިލްތަކުގެ ބައިން 02ވަނަ އާއި، ސަބް އިންޑެކްސްގެ ތެރެއިން “ސެކިއުރިޓީ އިންޑެކްސް” އިން 1ވަނަ މިލަދުންމަޑުލު އުތުރުބުރި (ށ) އަތޮޅުކައުންސިލުން ޙާޞިލުކޮށްފިއެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ރޭންކިންގ 2017 އިން ހޯދި ކާމިޔާބު ފާހަގަކޮށް ށ.އަތޮޅުކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި ނެރުއްވާފައިވާ ލިއުމުގައި ވަނީ ” މިކާމިޔާބީގެ ޙައްޤުވެރިން ކަމުގައިވާ މި އިދާރާގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ފާހަގަކޮށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި، ރަށުކައުންސިލްތަކުން މިކައުންސިލަށް ދެއްވަމުންގެންދަވާ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށް ރަށުކައުންސިލްތަކުގެ އެންމެހާ ކައުންސިލަރުންނަށާއި، މުވައްޒަފުންނަށް އިޙްލާޞްތެރިކަމާއެކު ޝުކުރުދަންނަވާކަމަށް ހާމަކުރެއްވިއެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ “ކައުންސިލްތަކުގެ ރޭންކިންގ އިން 2015ވަނަ އަހަރު އަތޮޅުކައުންސިލްތަކުގެ ބައިން 1ވަނަ ހޯދައި ކަންގަތި އެވޯޑް ށ.އަތޮޅުކައުންސިލުން ޙާޞިލުކޮށްފައިވާއިރު،  2016ވަނަ އަހަރު ވަނީ އެބައިން 3ވަނަ ޙާޞިލުކޮށް ކަންގަތި އެވޯޑް ޙާޞިލުކޮށްފައެވެ.