ލާމަރުކަޒީ ދުވަހުގެ ކުއިޒް ގަދަހަމާންތި ޓީމުން ކާމިޔާބުކޮށްފި


ލާމަރުކަޒީ ދުވަހާއި، ށ.އަތޮޅުކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ މިރޭ ބޭއްވުނު ކުއިޒް މުބާރާތް ގަދަހަމާންތި ޓީމުން ކާމިޔާބުކޮށްފިއެވެ.

ޖުމުލަ 3 ބުރަކަށް ބަހާލައިގެން ކުރިޔަށްގެންދެވުނު މި ކުއިޒް މުބާރާތުގައި ވާދަކޮށްފައިވަނީ އަތޮޅުކައުންސިލްގެ ކާންނާޓީމާއި، ގަދަހަމާންތި ޓީމެވެ. މި މުބާރާތުން އެއްވަނަ ޙާޞިލުކުރި ގަދަހަމާންތި ޓީމުން  148 ޕޮއިންޓް ހޯދިއިރު ދެވަނައަށް ދިޔަ ކާންނާ ޓީމަށް ލިބިފައިވަނީ 120 ޕޮއިންޓެވެ.

ށ.އަތޮޅުކައުންސިލާއި، ފުނަދޫ ކައުންސިލް ގުޅިގެން ކުރިޔަށްގެންދެވުނު މި މުބާރާތް ބެއްލެވުމަށް ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް އާއި، ކައުންސިލް މެންބަރުންނާއި، ޑިރެކްޓަރޖެނެރަލް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.