އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ފުނަދޫގައިހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ހެނދުނު 9:00 ގައި އަތޮޅުވެހި ކޮންފަރެންސް ހޯލުގައި ކުރިޔަށްގެންދެވުނު ބައްދަލުވުމުގައި އަމްޖަދު މުޞްތަފާ ވަނީ ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އިންތިޚާބުތަކުގެ ރީރަޖިސްޓްރޭޝަން މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވައި، އަންނަ އިންތިޚާބުގައި ރީރަޖިސްޓްރޭޝަން ފަސޭހަކުރުމަށްޓަކައި އެކަން ކުރިޔަށްގެންދިއުމަށް ޚިޔާލުކުރެވިފައިވާ ގޮތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ކުރިޔަށްއޮތް އިންތިޚާބު އޮމާން އަމާންކަންމަތީ ކުރިޔަށްގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާއި، ވޯޓްފޮށިތައް ބެހެއްޓިގެންދާނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ށ.އަތޮޅުކައުންސިލާއި، ށ.ފުނަދޫ ސްކޫލާއި، ފުނަދޫ ޗިލްޑްރަންސް ސަރވިސް ސެންޓަރާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.