އަތޮޅުވެހި މަރާމާތުކުރުމުގެ މަސައްކަތް ޙަވާލުކޮށްފި


ށ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އަތޮޅުވެހި ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އައި.އޭ.އާރު އާ ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ހެނދުނު  ށ.އަތޮޅު ކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު ބައްދަލުވުމުގައި ށ.އަތޮޅު ކައުންސިލްގެ ފަރާތުން މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ، ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފެވެ. އައި.އޭ.އާރުގެ ފަރާތުން ސޮއިކުރެއްވީ ށ. ފުނަދޫ ރޯޒްލީން އިބްރާހީމް އާދަމެވެ.

އަތޮޅުވެހި މަރާމާތުކުރުމުގެ  ޕްރޮޖްކްޓުގެ ލޮޓް 3 އާއި، 4ގައި ހިމެނޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި، 60 ދުވަހުގެ މުއްދަތުގައި ނިންމާގޮތަށް ޙަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 497,843.75 ރުފިޔާއެވެ.