ކައުންސިލްގެ ނިންމުން
2018/57
- ހުށަހެޅުން: 2ވަނަ ޖުމްހޫރިއްޔާގެ 6ވަނަ ރައީސް އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވުމަށް އެލް.ޖީ.އޭ އިން ދައުވަތު އަރުވާފައިވާ އެ ދަރުބާރުގައި މި ކައުންސިލުން ބައިވެރިވާ ބޭފުޅުންގެ ޚަރަދު ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް /ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
ދެވަނަ ޖުމްހޫރިއްޔާގެ 6ވަނަ ރައީސް އޮނަބްލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވުމަށް އެލް.ޖީ.އޭއިން ދައުވަތު ފޮނުވާފައިވަނީ އަމިއްލަ ޚަރަދުގައި ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ކަމަށްވާތީ، ކައުންސިލްގެ މާލިއްޔަތުން އެ ޚަރަދު ކުރަން ނުފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 ނޮވެމްބަރު 15 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 77ވަނަ ޢާއްމު ޖަލްސާއިންނެވެ.
15 ނޮވެމްބަރު 2018