ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ށ. އަތޮޅުކައުންސިލްގައި ބާއްވައިފި


1440 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިލަދުންމަޑުލުއުތުރުބުރީ އަތޮޅުކައުންސިލްގައި ދިދަ ނެގުމުގެ  ރަސްމިއްޔާތެއް ބާއްވައިފިއެވެ.

            މިއަދު ހެނދުނު 6:00 ގައި ށ.އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން އިންފޮމޭޝަން ކަމިޝަނަރ ޢަބްދުލްޢަޒީޒް ޖަމާލު ޢަބޫބަކުރެވެ. އަދި ކީރިތި ޤުރުއާނުގެ ބަރަކާތުން ރަސްމިއްޔާތު ފަށްޓަވައިދެއްވީ ށ.އަތޮޅު ކައުންސިލްގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރ މާހީން މާހިރެވެ.

ށ.ފުނަދޫގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ފުނަދޫ ސްކޫލުގެ ދަރިވަރުން ހިމެނޭގޮތަށް ބޭއްވުނު މި ރަސްމިއްޔާތު ނިމިގެން ދިޔައީ ރަސްމިއްޔާތުގެ އެންމެހާ ޙާޟިރީން ބައިވެރިވާ ޤައިމީ ސަލާމުންނެވެ.