ކައުންސިލްގެ ނިންމުން
ނަންބަރ: 2018/55
- ހުށަހެޅުން: ބޭންކް އޮފް މޯލްޑިވްސް އިން ށ.އަތޮޅު ރައްޔިތުންގެ ނަމުގައި ގަނެފައިވާ -/165،000 ރުފިޔާގެ ޙިއްސާގެ ފައިދާ ޖަމާކުރާނެ އެކައުންޓް ކަނޑައެޅުމާ ގުޅޭ ޤަރާރު ފާސްކުރުން.
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
ބޭންކް އޮފް މޯލްޑިވްސް އިން ށ.އަތޮޅު ރައްޔިތުންގެ ނަމުގައި ގަނެފައިވާ -/165،600 ރުފިޔާގެ ޙިއްސާގެ ފައިދާ ޖަމާކުރާނެ އެކައުންޓް ކަނޑައެޅުމާ ގުޅޭ ޤަރާރު ކޮމެޓީ މަރުޙަލާގައި އިޞްލާޙްކުރައްވައި، ރިޔާސަތުން ހުށަހެޅުއްވިގޮތަށް ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 ނޮވެމްބަރު 05 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 76ވަނަ ޢާއްމު ޖަލްސާއިންނެވެ.
05 ނޮވެމްބަރު 2018