ކައުންސިލްގެ ނިންމުން
ނަންބަރު: 2018/53
- ހުށަހެޅުން: މާމުލި ލާންޗުން ބައުވެގެން ނަގާފައިވާ ޔަމަހާ 200ގެ ފޯރ ސްޓްރޯކް 2 އިންޖީނާއި، ކުރިން ބައުވެގެން ނަގާފައިވާ ޔަމަހާ 200ގެ ޓޫ ސްޓްރޯކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
މާމުލިލާންޗުން ބައުވެގެން ނަގާފައި ޔަމަހާ 200ގެ ފޯރ ސްޓްރޯކް 2 އިންޖީނާއި، ކުރިން ބައުވެގެން ނަގާފައިވާ ޔަމަހާ 200ގެ ޓޫ ސްޓްރޯކް 2 އިންޖީނުގެ ތެރެއިން ޔަމަހާ 200ގެ ފޯރ ސްޓްރޯކް އިންޖީނަކާއި، ޓޫ ސްޓްރޯކް އިންޖީނަކާ ޕެއަރކޮށް، ނީލަމެއް 30,000.00 ރުފިޔާއިން ފަށައި، ފަހަރަކު 3,000.00 ރުފިޔާ އިތުރުކުރެވޭ ގޮތަށް މި 4 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 އޮކްޓޯބަރ 30 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 75ވަނަ ޢާއްމު ޖަލްސާއިންނެވެ.
30 އޮކްޓޯބަރ 2018