ށ.ފުނަދޫ ސްކޫލުގެ ކީ ސްޓޭޖު 1 ގެ ދަރިވަރުން، ސަރުކާރު މުއައްސަސާތަކަށް ޒިޔާރަތްކުރުމަށް މިއަހަރަށް ތާވަލުކުރެވިފައިވާ ޒިޔާރަތުގައި މިއަދު ށ.އަތޮޅު ކައުންސިލް އިދާރާއަށް ޒިޔާރަތްކޮށްފިއެވެ.
ކީ ސްޓޭޖް 1 ގެ ދަރިވަރުންނަށް އުނގަންނައިދެމުންދާ މަސައްކަތްތެރިކަމުގެ ފިލާވަޅުތަކާ ގުޅިގެން ކުރިޔަށް ގެންދެވޭ ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުން ދަރިވަރުން ކުރިމަގުގައި ކުރިޔަށް ދިއުމަށް ކަނޑައަޅާ ދާއިރާއަކުން ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި ކުރެވޭ މި ޒިޔާރަތުގައި ގްރޭޑް 1، 2 ، 3 ން ޖުމުލަ 173 ކުދިން ބައިވެރިވެފައިވެއެވެ.
ކުރިޔަށް ދިއުމަށް ބޭނުންވާ ދާއިރާއާއި، ގުޅޭ ހެދުމާއެކު ދަރިވަރުން މިކުރި ޒިޔާރަތުގައި ށ.އަތޮޅު ކައުންސިލްގެ މަސައްކަތު މާހައުލާއި، ބޭނުންކުރާ ބައެއް ވަޞީލަތްތަކުގެ މަޢުލޫމާތާއި، އެކަމަޑޭޝަން ބްލޮކްތައް ބަލާލައި އެތަންތަނާ ބެހޭ މަޢުލޫމާތު އޮޅުންފިލުވިއެވެ.
ށ.އަތޮޅު ކައުންސިލްގެ ރިކްރިއޭޝަން ކުލަބުގެ ފަރާތުން މި ދަރިވަރުންނަށާއި، ކީ ސްޓޭޖް 1ގެ ކްލާސްތަކުގެ ޓީޗަރުން ވަނީ މަރުޙަބާކިޔައި ހަދިޔާ ޙަވާލުކޮށްފައެވެ.