ކައުންސިލްގެ ނިންމުން
ނަންބަރ: 2018/52
- ހުށަހެޅުން: މަދަދު ލުއިލޯނު ނަގާފައިވާ ފަރާތެއް ކަމުގައިވާ ށ.މިލަންދޫ ކޮތަރިވިލާ ޙުސައިން ޙަލީލު ބަލިޙާލު ހުރިގޮތުން ޑޮކްޓަރަށް ދެއްކުމާއި، އޮޕަރޭޝަންތައް ކުރަންޖެހުމުގެ ސަބަބުން އަތްމަތި ދަތިވެފައިވާތީ، މަދަދު ލުއިލޯނުގެ 4 މަސްދުވަހުގެ ޖޫރިމަނާ އުނިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
މަދަދު ލުއިލޯނު ނަގާފައިވާ ފަރާތެއް ކަމުގައިވާ ށ.މިލަންދޫ ކޮތަރިވިލާ ޙުސައިން ޚަލީލުގެ އަނބިމީހާގެ ބަލިޙާލު ހުރިގޮތުން ޑޮކްޓަރަށް ދެއްކުމާއި، އޮޕަރޭޝަންތައް ކުރަންޖެހުމުގެ ސަބަބުން އަތްމަތި ދަތިވެ، މަދަދު ލުއިލޯނުގެ 4 މަސްދުވަހުގެ ޖޫރިމަނާ އުނިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ރިޢާޔަތްކޮށް އެފަރާތުން އެދިލައްވާފައިވާ ގޮތަށް ޖޫރިމަނާ މަޢާފުކޮށްދިނުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 އޮކްޓޯބަރ 23 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 74ވަނަ ޢާއްމު ޖަލްސާއިންނެވެ.
23 އޮކްޓޯބަރ 2018