ކައުންސިލްގެ ނިންމުން
ނަންބަރ: 2018/51
- ހުށަހެޅުން އަތޮޅުވެހި މަރާމާތުކުރުމުގެ ޕްރޮޖެކްޓް ކުރިޔަށްގެންދިއުމަށް އިތުރަށް ބޭނުންވާ ފައިސާ ކަނޑައެޅުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު – ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
އަތޮޅުވެހި މަރާމާތުކުރުމުގެ ބަޖެޓަށް މިހާރު ކަނޑައެޅިފައިވާ -/300,000 ރުފިޔާއަށް މަރާމާތުކޮށް ނިންމޭނެކަމަށް ނުފެންނާތީ އަތޮޅުވެއްސަށް ފަރުނީޗަރ ގަތުމަށް ކަނޑައަޅާފައިވާ -/100,000 ރުފިޔާގެ ތެރެއިން -/60,000ރުފިޔާ އުނިކޮށް އަތޮޅުވެހި މަރާމާތުކުރުމުގެ އައިޓަމަށް އިތުރުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 އޮކްޓޯބަރ 11 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 72ވަނަ ޢާއްމު ޖަލްސާއިންނެވެ.
11 އޮކްޓޯބަރ 2018