ނަންބަރ: 2018/50
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ވިޔަވަތި އިނާމު އެވޯޑް ޑިޒައިންކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ގޮތަކާބެހޭގޮތުން މަޝްވަރާކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
ވިޔަވަތި އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީއާއި، ޝީލްޑްތަކާއި، ސެޓްފިކެޓް ޑިޒައިންކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި އިޢުލާނުކޮށްގެން ކުރިޔަށްގެންދިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 އޮކްޓޯބަރ 9 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 71ވަނަ ޢާއްމު ޖަލްސާއިންނެވެ.
09 އޮކްޓޯބަރ 2018