ލެޑްލައިޓް ޕްރޮޖެކްޓުގެ ދަށުން އިތުރަށް ގެންނަންޖެހޭ ލައިޓްތައް ގެނައުން- 2018/49


       ކައުންސިލްގެ ނިންމުން

ނަންބަރ: 2018/49

  • ހުށަހެޅުން: ލެޑްލައިޓް ޕްރޮޖެކްޓުގެ ސްކޯޕަށް ގެނެވުނު ބަދަލާ ގުޅިގެން އިތުރަށް ގެންނަންޖެހޭ 600 ލައިޓް ހޯދުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

 ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު        ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު

ލެޑްލައިޓް ޕްރޮޖެކްޓް ސްކޯޕަށް ގެނެވުނު ބަދަލާ ގުޅިގެން އިތުރަށް ގެންނަންޖެހޭ 600 ލައިޓް ކައުންސިލަށް ސަޕްލައިކޮށްދިނުމަށް މިހާރުވެސް ޕްރޮޖެކްޓް ޙަވާލުކުރެވިފައިވާ “ބްލޫބީ” ކުންފުންޏާ ޙަވާލުކޮށްގެން ގެނައުން އެންމެ ރަނގަޅު ކަމަށް ބިޑްކޮމެޓީގެ 29 ސެޕްޓެމްބަރު 2018ގައި ބޭއްވުނު ޖަލްސާއިން ލަފާދެއްވާފައިވާތީ، އެފަރާތާ ޙަވާލުކޮށްގެން އިތުރަށް ގެންނަ 600 ލައިޓް ގެނައުމަށް ބޭނުންވާ ކައުންސިލްގެ ލިއުން ދޫކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 އޮކްޓޯބަރ 9 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 71ވަނަ ޢާއްމު ޖަލްސާއިންނެވެ.

 09  އޮކްޓޯބަރ 2018