ނަންބަރ: 2018/48
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާއަށް، ދަރިވަރުންނަށް އިނާމު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ވިޔަވަތި އިނާމު ދިނުމަށް ބޭނުންވާ 14,550.00 ރުފިޔާ “ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމު” އިން ހިނގާ ޚަރަދުން ނަގައި ސްކޫލުތަކުގެ އަހަރީ އިނާމު ދިނުމުގެ އައިޓަމަށް ބަދަލުކޮށް އެފައިސާ ށ.އަތޮޅު ތަޢުލީމީ މަރުކަޒަށް ދޫކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 އޮކްޓޯބަރ 2 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 70ވަނަ ޢާއްމު ޖަލްސާއިންނެވެ.
02 އޮކްޓޯބަރ 2018