ޓްރެކްއޭރިޔާ ހިމެނޭ ސަރަހައްދު އެކިއެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުން-2018/43


   ކައުންސިލްގެ ނިންމުން

ނަންބަރ: 2018/43

  • ހުށަހެޅުން: ޓްރެކް އޭރިޔާ ހިމެނޭ ސަރަހައްދު އެކިއެކި ބޭނުންތަކަށް ޢާއްމު ފަރުދުންނަށް ދޫކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

އަތޮޅުކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ  “ޑްރައިވިންގ ޓްރެކް އޭރިޔާ” ޑްރައިވިންގ ލައިސަންސްގެ މަސައްކަތަށް ދަތިނުވާނެ ގޮތެއްގެމަތީން ޢާއްމުންގެ އެކިއެކި ބޭނުންތަކަށް 24 ގަޑިއިރަކަށް 200.00 (ދުއިސައްތަ) ރުފިޔާގެ މަގުން ކުއްޔަށް ދޫކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 އޯގަސްޓް 15 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 65ވަނަ ޢާއްމު ޖަލްސާއިންނެވެ.

15  އޯގަސްޓް 2018