ދުވެލި ޕްރޮގްރާމަށް ޕެޓީކޭޝްގެ ގޮތުގައި ފައިސާގެ ޢަދަދެއް ކަނޑައެޅުން


ކައުންސިލްގެ ނިންމުން

ނަންބަރ: 2018/39

  • ހުށަހެޅުން: ދުވެލި ޕްރޮގްރާމު ހިންގުން ހަލުވިކޮށް ފުރިހަމަކުރުމަށްޓަކައި ޕެޓީކޭޝްގެ ގޮތުގައި ފައިސާގެ ޢަދަދެއް ކަނޑައަޅައި ތިޖޫރީގައި ގެންގުޅުމާ ބެހޭގޮތުން މަސްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ދުވެލި ޕްރޮގްރާމު ހިންގުން ހަރުދަނާކޮށް ނަފާވެރިކަން އިތުރުކުރުމަށްޓަކައި 25,000.00 ރުފިޔާ ޕެޓީކޭޝްގެ ގޮތުގައި ޕްރޮގްރާމުގެ މެނޭޖަރުގެ ޙަވާލުގައި ބެހެއްޓުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 އޯގަސްޓް 8 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 64ވަނަ ޢާއްމު ޖަލްސާއިންނެވެ.

8  އޯގަސްޓް 2018