އާބާދު 50 ސްޕޯޓްސް ފެސްޓިވަލުގައި ށ.އަތޮޅު ކައުންސިލް ގެ ޓީމުތައް ބައިވެރިކުރުން-35/2018


 ކައުންސިލްގެ ނިންމުން

ނަންބަރު: 35/2018

  • ހުށަހެޅުން: އާބާދު 50 ކުޅިވަރު ސްޕޯޓްސް ފެސްޓިވަލްގައި ށ.އަތޮޅު ކައުންސިލް ތަމްސީލުކުރުމުގެ ގޮތުން ސްޓާފް ރިކްރިއޭޝަން ކުލަބުގެ ޓީމެއް ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

އާބާދު 50 ކުޅިވަރު ސްޕޯޓްސް ފެސްޓިވަލްގައި ށ.އަތޮޅު ކައުންސިލްގެ ޓީމުތައް ސްޓާފް ރިކްރިއޭޝަން ކުލަބުގެ ނަމުގައި ބައިވެރިކުރުމަށް ށ.އަތޮޅުކައުންސިލުން ތާއީދުކޮށް ހިތްވަރުދޭ ކަމަށާއި، މިކަމަށް ހިނގާ ޚަރަދު 2018ވަނަ އަހަރުގެ  ވިޔަވަތި ޓްރަސްޓް ފަންޑުގެ ވިޔަފާރިތައް އިސްތިހާރުކޮށް މާކެޓްކުރުމުގެ ޚަރަދަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 ޖުލައި 24 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 62ވަނަ ޢާއްމު ޖަލްސާއިންނެވެ.

24 ޖުލައި 2018