ސްޓާފް އެވޯޑް 2018 ގެ ޚަރަދު ތަފްޞީލު ފާސްކުރު-34/2018


ކައުންސިލްގެ ނިންމުން

ނަންބަރު: 2018/34

  • ހުށަހެޅުން: ސްޓާފް އެވޯޑް 2018ގެ ޚަރަދު ތަފްޞީލާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ކައުންސިލްގެ މާލިއްޔަތުން ކުރެވޭ ޚަރަދު އައިޓަމް “ވިޔަވަތި ޤުރުއާން މުބާރާތް ބޭއްވުން” މި އައިޓަމްގެ ބާކީން 25,286.89 ރުފިޔާ އާއި، “ވިޔަވަތި މަހާސިންތާ” މި އައިޓަމްގެ ބާކީން 9,317.48 ރުފިޔާ، “އޮފީސް ތަމްސީލުކުރުމަށް، މުވައްޒަފުންގެ އެކިއެކި ޙަރަކާތްތަކަށް ދެވޭ އެހީ” މި އައިޓަމަށް ބަދަލުކޮށް ސްޓާފް އެވޯޑް 2018ގެ ޙަރަކާތްތަކަށް ޚަރަދުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 ޖުލައި 24 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 62ވަނަ ޢާއްމު ޖަލްސާއިންނެވެ.

24 ޖުލައި 2018