ކައުންސިލްގެ ނިންމުން
ނަންބަރ: 2018/32
- ހުށަހެޅުން: 2018ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ އެމަރޖެންސީގައި ބޭނުންކުރާނެ ފެންޕަންޕް ސިސްޓަމް ޤާއިމުކުރުމުގެ ޕްރޮޖެކްޓް އިތުރަށް ކުރިޔަށްގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
2018ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ އިމަރޖެންސީގައި ބޭނުންކުރާނެ ފެންޕަމްޕް ސިސްޓަމް ޤާއިމުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ގެނެވޭ ފެންޕަމްޕްގެ ސައިޒް 3 އިންޗިއަށް ބަދަލުކޮށް، އިތުރު ބަދަލެއްނުގެނެސް މި ޕްރޮޖެކްޓް ކުރިޔަށްގެންދިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 ޖުލައި 18 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 58ވަނަ ޢާއްމު ޖަލްސާއިންނެވެ.
18 ޖުލައި 2018