ކޯރަމް ހަމަނުވާ ޖަލްސާތައް ފޯނު ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށްގެންދިއުން-30/2018


ކައުންސިލްގެ ނިންމުން

ނަންބަރ: 227(2018/30

  • ހުށަހެޅުން: ކޮންމެހެން ނަގަންޖެހިގެން ކައުންސިލަރުން ޗުއްޓީ ނަގަންޖެހުމުގެ ސަބަބުން ކައުންސިލްގެ ޖަލްސާތަކުގެ ކޯރަމް ހަމަނުވާ ޖަލްސާތައް ކުރިޔަށްގެންދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ކައުންސިލަރުން ކޮންމެހެން ނަގަންޖެހޭ ޗުއްޓީއެއްގެ ސަބަބުން ކައުންސިލްގެ ޖަލްސާތަކުގެ ކޯރަމް ހަމަނުވާ ޖަލްސާތައް ކުރިޔަށް ގެންދިއުމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން ޢާއްމު ކުރައްވާފައިވާ ނަންބަރު 02/221/2018/އ “ކައުންސިލަރުންގެ ޗުއްޓީ އުޞޫލު”ގެ 16ވަނަ މާއްދާގެ (ރ) ” ކައުންސިލަރުން ޗުއްޓީއަށް ދިއުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާނަމަ، އެ ޙާލަތުގައި ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެވަގުތަކު ޙަވާލުވެހުރި ކައުންސިލަރަކު ނިންމަވާ ގޮތެއްގެމަތީން ފޯނު ކޮންފަރެންސް މެދުވެރިކޮށް ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށާއި، މިފަދައިން ފޯން ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުން ބޭއްވުމުގައި ފޯނު މެދުވެރިކޮށް ބައިވެރިވަނީ ކައުންސިލްގެ މެންބަރުންކަން ކަށަވަރުކުރަންވާނެއެވެ.” މި އަކުރަށް ޢަމަލުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 ޖޫން 26 ވަނަ ދުވަހުގެ ހެނދުނު 13:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 58ވަނަ ޢާއްމު ޖަލްސާއިންނެވެ.

26 ޖޫން 2018