ސްޓާފް އެވޯޑް ސިޔާސަތު ފާސްކުރުން- 29/2018


ކައުންސިލްގެ ނިންމުން

ނަންބަރ: 2018/29

  • ހުށަހެޅުން: ސްޓާފް އެވޯޑް ސިޔާސަތާ ބެހޭގޮތުން މަޝްވަރާކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ށ.އަތޮޅުކައުންސިލް އިދާރާގެ މުއައްޒަފުންނަށް އަހަރީ އިނާމު ދިނުމުގެ ސިޔާސަތު-2018 އަށް މުވައްޒަފުން ހުށަހެޅުއްވި ކޮމެންޓްތަކާމެދު ކޮމެޓީ މަރުޙަލާގައި މަޝްވަރާކޮށް، ގެނެވުނު އިޞްލާޙް އެއްގޮތަށް އެ ސިޔާސަތު ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 އޭޕްރީލް 24 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 50ވަނަ ޢާއްމު ޖަލްސާއިންނެވެ.

24 އޭޕްރީލް 2018