28/2017-ކުޅިވަރު މުބާރާތްތަކުގައި ކުޅޭ ޓީމުތަކަށް މާލީއެހީ ދިނުން


ކައުންސިލްގެ ނިންމުން

ނަންބަރ: 2018/28

  • ހުށަހެޅުން: މިނިވަން ޗެމްޕިއަން ޝިޕް 2018ގެ ފައިނަލް ރައުންޑަށް ދަތުރުކޮށްފައިވާ ށ.ފޯކައިދޫ އެފް.ސީ އަށް މާލީ އެހީ ހޯދުމަށް އެދި ށ.ފޯކައިދޫ ކައުންސިލުން ހުށަހަޅާފައިވާ ނަންބަރު 277/277/2018/1 (17 އޭޕްރީލް 2018) ސިޓީއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ވިޔަވަތި ޤުރުއާން މުބާރާތް 2018 ޕްރޮގްރާމުގެ ބާކީން 27,000.00 ރުފިޔާ ނަގައި “ކުޅިވަރު މުބާރާތްތަކުގައި ކުޅޭ ޓީމުތަކަށް ދެވޭ މާލީއެހީ ” މި ނަމުގައި އައިޓަމެއް ހުޅުވައި އެ އައިޓަމަށް ޖަމާކޮށް، އެ އައިޓަމުން އެފް.އޭ.އެމް. އިން ބާއްވާ މިނިވަން ޗެމްޕިއަން ޝިޕް 2018ގެ ފައިނަލް ރައުންޑަށް ދަތުރުކޮށްފައިވާ ށ.ފޯކައިދޫ އެފް.ސީ އަށް، އެ ޓީމު އަތޮޅު ތަމްސީލުކުރުމުގެ ގޮތުން ކުޅެފައިވާ ދެ މެޗަށް 17,000.00 ރުފިޔާ މާލީ އެހީގެ ގޮތުގައި ދިނުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 އޭޕްރީލް 24 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 50ވަނަ ޢާއްމު ޖަލްސާއިންނެވެ.

24 އޭޕްރީލް 2018