ތަން: | މީޓިންގ ރޫމް/ މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ އިދާރާ |
ތާރީޚާއި ގަޑި: | 06 ނޮވެންބަރު 2023 ، ހޯމަ ހެނދުނު: 10:00 (ފިޒިކަލް ޖަލްސާ) |
އެޖެންޑާ
- ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
- ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
- ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
3.1 ޖެންޑަރ އިކުއިލިޓީގެ ޤާނޫނު ނަންބަރު 2016/18ގެ ދަށުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ޙަރަކާތްތައް ހިންގުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަން ސަރވިސަސް އާއި، އަތޮޅުކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމުގެ 4ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ޙަރަކާތްތައް ހިންގާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
3.2 2022 އިން 2026ށް އެކުލަވާލާލެވުނު ށ.އަތޮޅުގެ ތަރައްޤީގެ ޕްލޭން ރިވިއުކުރުން.
3.3 މިލައުތުރު ފުޓްސަލް މުބާރާތް 2023 ހިންގާ ޤަވާޢިދުގެ 19ވަނަ މާއްދާއިން ލާޒިމުކުރާ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
3.4 މިލައުތުރު ފުޓްސަލް މުބާރާތުގެ އަދާހަމަ ކައުންސިލާ ހިއްސާކުރުން.
- ކައުންސިލަރުން ހުށައަޅުއްވާ ކަންކަން
- އިދާރީ މައްސަލަތައް
5.1 މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 81ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
- ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.
31 އޮކްޓޯބަރު 2023