ރަށުކައުންސިލްތަކާއި، އ.ތ.މ ކޮމެޓީތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް މޮނިޓަރކުރާގޮތަށް ކަނޑައެޅުން -2023/36


ނަންބަރު: (N)227-2023/36

  • ހުށަހެޅުން: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއެކު ރަށުކައުންސިލްތަކުން ކޮންމެ 4މަހުން 1 މަހު ބާއްވަންޖެހޭ ބައްދަލުވުންތައް މޮނިޓަރކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއެކު ރަށުކައުންސިލްތަކުން ކޮންމެ 4 މަހުން 1 މަހު ބާއްވަންޖެހޭ ބައްދަލުވުންތައް މޮނިޓަރކޮށް، އެ ބައްދަލުވުންތައް ބާއްވަމުންދާ ގޮތުގެ މަޢުލޫމާތު އަތޮޅުކައުންސިލުން ޢާއްމުކުރަމުންގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 އޮކްޓޯބަރު 26ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 81ވަނަ ޢާއްމު ޖަލްސާއިންނެވެ.

26 އޮކްޓޯބަރު  2023