ނަންބަރު: (N)227-2023/27
- ހުށަހެޅުން: އިންޓަރނެޓް ބޭންކިންގ އެކްސެސްދިނުމާއި، ފަންޑް ޓްރާންސްފަރކުރުމުގެ ހުއްދަދިނުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
ށ.އަތޮޅު ކައުންސިލްގެ އިންޓަރނެޓް ބޭންކިން އެކްސެސް ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ 2 އެކައުންޓްސް އޮފިސަރުންނާއި، ފައިނޭންސް އޮފިސަރ އަދި ސެކްރެޓަރީ ޖެނެރަލް އާއި، ޑިރެކްޓަރ ޖެނރަލް އަށް ދިނުމަށާއި، 10,000/- ރުފިޔާ އިން ދަށުގެ ޓްރާންސްފަރތައް ކުރުމުގައި ކައުންސިލުގެ ވައުޗަރ އޮތޮރައިޒްކުރުމުން ފައިނޭންސް ޔުނިޓުގެ ފައިނޭންސް އޮފިސަރ ނުވަތަ އެކައުންޓްސް އޮފިސަރ އިނިޝިއޭޓްކުރުމުން، ދެން ތިބި އެކައުންޓްސް އޮފިސަރ އަދި ފައިނޭންސް އޮފިސަރ ނުވަތަ ދެ އެކައުންޓްސް އޮފިސަރުން ޔޫޒަރ އެޕްރޫވްކުރުމަށް ފާސްކުރުމަށާއި، 10,000/- ރުފިޔާއަށްވުރެ މަތީގެ ޢަދަދުތަކުން ޓްރާންސްފަރކުރާނަމަ ޔޫޒަރ އެޕްރޫވްކުރުން އިސްވެ ދެންނެވުނު މުޢާމަލާތުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ނުވަތަ ޑިރެކްޓަރޖެނެރަލް އެޕްރޫވްކޮށްގެން ޓްރާސްފަރކުރުމުގެ ހުއްދަ ދިނުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2023 އޮގަސްޓު 15 ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 78ވަނަ ޢާއްމު ޖަލްސާއިންނެވެ.
15 އޮގަސްޓު 2023