އަތޮޅުވެއްސާއި، މިލައުތުރުކީސާ ޕޮލިސް ސްޓޭޝަނަށް ކުއްޔަށްދިނުމަށް ނިންމި ނިންމުމާ ގުޅޭ- 2023/26


ނަންބަރު: (N)227-2023/26

  • ހުށަހެޅުން: އަތޮޅުވެއްސާއި، މިލައުތުރުކީސާ ޢިމާރާތް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

އަތޮޅުވެއްސާއި، މިލައުތުރު ކީސާ ޢިމާރާތް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ކުއްޔަށް ދިނުމުގެ މައްސަލާގައި އެ ސަރވިސް އިން ހުށަހަޅުއްވާފައިވާ އެގްރިމެންޓުގައި ސޮއިނުކުރުމަށާއި، އަދި އަތޮޅުވެހީގެ އެކަމަޑޭޝަން ބޭނުންކުރަން ފެށި ތާރީޚުން ފެށިގެން އެ ޢިމާރާތުގައި ފުނަދޫ ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުން ތިބެން ބޭނުންވާ ކަމުގެ ރިކްއެސްޓެއް އަވަސް މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް އެ ފަރާތަށް އެންގުމަށާއި، ރިކްއެސްޓެއް ނުލިބިއްޖެނަމަ ހަފުތާއެއްގެ މުއްދަތު ދީ އެ ޢިމާރާތުން ނިކުތުމަށް ޕޮލިހުންނަށް އެންގުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 ޖޫން 21ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 74ވަނަ ޢާއްމު ޖަލްސާއިންނެވެ.

21 ޖޫން  2023