ރަށްރަށުގެ ކުނިމެނޭޖުކުރުމުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރާ ކޮމެޓީ އެކުލަވާލުން-2023/25


ނަންބަރު: (N)227-2023/25

  • ހުށަހެޅުން: ރަށްރަށުގެ ކުނިމެނޭޖުކުރުން ހަރުދަނާކުރުމަށް ހިންގޭ ޕްރޮގްރާމަށް ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް ކޮމެޓީއެއް އެކުލަވާލުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

ށ.އަތޮޅު ރަށްރަށުގެ ކުނިމެނޭޖުކުރުން ހަރުދަނާކުރުމަށް ހިންގޭ ޕްރޮގްރާމުތައް ހިންގުމަށް ރަށްރަށުން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް “ރަށްރަށުގެ ކުނިމެނޭޖުކުރުމަށް އެހީތެރިކަން ދިނުމުގެ އުޞޫލު”ގެ ދަށުން އެކުލަވާލަންޖެހޭ ކޮމެޓީގައި ކަނޑިތީމު ކައުންސިލުގެ ރައީސް އަޙްމަދު އަޚްސަނާއި، ފުނަދޫ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމްފުޅާއި، މިލަންދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ޢާޠިފް ހިމެނަން ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 ޖޫން 21ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 74ވަނަ ޢާއްމު ޖަލްސާއިންނެވެ.

21 ޖޫން  2023