ށ.އަތޮޅަށް ޚާއްޞަކޮށްގެން ސީ.އެސް.ޖީ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މިއަދު ފެށިއްޖެއެވެ.
މިއަދު ހެނދުނު 9:00 ގައި ށ.ފުނަދޫ ވިލާކޮލެޖް ލޭކްސައިޑް ކެމްޕަހުގައި ފެށުނު މި މަސައްކަތު ބައްދަލުވުމަކީ ޖެންޑަރ މިނިސްޓްރީން ށ.އަތޮޅުގެ ކޮންމެ ރަށެއްގައި އުފައްދަވާފައިވާ “ކޮމިއުނިޓީ ސޯޝަލް ގްރޫޕް” އެކަށީގެންވާ ގޮތެއްގައި ކުރިޔަށްގެންދިއުމަށް ބޭނުންވާ ހުނަރާއި، ޤާބިލުކަން އިތުރުކުރުމަށް ސީ.އެސްޖީ ގްރޫޕުގެ މެންބަރުންނަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދެވޭ މަސައްކަތު ބައްދަލުވުމެކެވެ.
ޔުނިސެފާއި، މޯލްޑިސް ޕޮލިސް އާއި، ޖެންޑަރ މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިޔަށްގެންދެވޭ މި މަސައްކަތު ބައްދަލުވުމުގައި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތްކުރައްވަނީ ޔުނިސެފުގެ މުޙައްމަދު ނަޢީމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުޙައްމަދު ރިޝާނާއި، މުޙައްމަދު ނާޝިދާއި، ޖެންޑަރ މިނިސްޓްރީން ނަޒީޙާއި، އެޑިޔުކޭޝަން މިނިސްޓްރީން ޙުސައިން ރަޝީދެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދެވޭ މި ވޯކްޝޮޕުގައި ށ.އަތޮޅުގެ މުއައްސަސާތަކުންނާއި، ކްލަބު ޖަމްޢިއްޔާތަކުން 25 ބޭފުޅުން ބައިވެރިވެފައިވެއެވެ.