ވިޔަވަތި މަހާސިންތާ ފެށިއްޖެ


ށ.އަތޮޅު ކައުންސިލާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ގުޅިގެން ” ވިޔަވަތި މަހާސިންތާ އޮން ޕްރޮޕޯސަލް ރައިޓިންގ” ނަމުގައި މަސައްކަތު ބައްދަލުވުމެއް މިމަހު 28 ގައި ށ.ފުނަދޫގައި ފެށިއްޖެއެވެ.

މިމަހުގެ 28 އިން 30ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކުންނާއި، އަތޮޅު ކައުންސިލުން ޖުމުލަ 33 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމަށް ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކޮށް ރަށުކައުންސިލްތަކުގެ އެހީތެރިކަމާއެކު ރަށްރަށުގައި އުފެދިފައިވާ ކުލަބު ޖަމްޢިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަބު ޖަމްޢިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ދައުރުފުޅާކުރުމެވެ.

އަތޮޅުކައުންސިލްގެ މާލީއެހީތެރިކަމާއެކު ކުރިޔަށްގެންދެވޭ މި މަހާސިންތާގެ ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތްކުރައްވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޑިރެކްޓަރޖެނެރަލް އަލްފާޟިލް ސަމްޢޫން އާދަމެވެ.