ށ.އަތޮޅު ވިޔަވަތި މަހާސިންތާ 2018 މާދަމާ 9:00 ގައި ފެށުމުގެ ހުރިހާ އިންތިޒާމުތަކެއް ނިމިއްޖެއެވެ.
2018 އޭޕްރީލް 28 އިން 30 އަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގެ ބައިވެރިންނާއި، ފެސިލިޓޭޓަރުން މިއަދު ހަވީރު ފުނަދުއަށް އައިސްފައިވާއިރު މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވާ ހޯލާއި، އިދާރީ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާ ކުރިޔަށްދާނީ ފުނަދޫ ވިލާކޮލެޖް ލޭކް ސައިޑް ކެމްޕަހުގައެވެ.