އިސްލާމިކް އެފެއާޒުން ހިންގާ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެ، އެޕްރޮގްރާމަށް މާލީއެހީދިނުން


ކައުންސިލްގެ ނިންމުން

ނަންބަރ: 2018/23

  • ހުށަހެޅުން:      މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ށ.އަތޮޅުގައި ހިންގާ ދީނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގައި ށ.އަތޮޅު ކައުންސިލުން ބައިވެރިވެ، އަދި އެ ޕްރޮގްރާމަށް މާލީއެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ށ.އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ދީނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގައި ށ.އަތޮޅު ކައުންސިލުން ބައިވެރިވެ، އެ ޕްރޮގްރާމަށް މާލީއެހީ ދިނުމަށްޓަކައި، އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް ކަނޑައެޅިފައިވާ 210,000.00  ރުފިޔާގެ ތެރެއިން 14,000.00 ރުފިޔާ ނަގައި، ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ހިންގުމަށް ޚަރަދުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 އޭޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 48ވަނަ ޢާއްމު ޖަލްސާއިންނެވެ.

10އޭޕްރީލް 2018