2018/21- ކިޔެވެނި އެހީ ދޫކުރުމަށް ގެރެންޓާއާއެކު ވެވޭ އެއްބަސްވުން ފާސްކުރުން


  ކައުންސިލްގެ ނިންމުން

ނަންބަރު: 2018/21

  • ހުށަހެޅުން:    ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ހިންގާ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ކިޔެވެނި އެހީ ހޯދަން ބޭނުންވާ ދަރިވަރުންނަށް ގެރެންޓާއެއް މެދުވެރިކޮށް އެހީ ހަމަޖެއްސުމަށްޓަކައި ޑްރާފްޓްކުރެވިފައިވާ، ގެރެންޓާއާއެކު ވެވޭ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާކޮށް ފާސްކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ފަށާފައިވާ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ކިޔެވެނި އެހީ ހޯދަން ބޭނުންވާ ދަރިވަރުންނަށް ގެރެންޓާ މެދުވެރިކޮށް އެހީ ހަމަޖެއްސުމަށްޓަކައި ޑްރާފްޓްކުރެވިފައިވާ، ގެރެންޓާއާއެކު ވެވޭ އެއްބަސްވުން، މަދަދު ޕްރޮގްރާމުގެ މެނޭޖަރ ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 މާރިޗު 19 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 46ވަނަ ޢާއްމު ޖަލްސާއިންނެވެ.

29 މާރިޗު 2018