ނަންބަރ: 2018/19
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ދީނީ ޕްރޮގްރާމުތައް ހިންގުމާއި، ނަޞޭހަތް ދިނުމާއި، ޙިފްޒުކޮށް ތަރާވީޙްކުރުމަށް ރަށުކައުންސިލްތަކަށް އެހީދޭނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ދީނީ ޕްރޮގްރާމުތައް ހިންގުމާއި، ނަޞޭޙަތް ދިނުމާއި، ޙިފްޒުކޮށް ތަރާވީޙްކުރުމަށް ރަށުކައުންސިލްތަކަށް އެހީދިނުމުގެ އައިޓަމުގައި އޮތް 210,000.00 ރުފިޔާ ހުރިހާ ރަށަކަށް ހަމަހަމަވާ ގޮތުގެމަތީން ރަށްރަށަށް ބެހުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 މާރިޗު 22 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 44ވަނަ ޢާއްމު ޖަލްސާއިންނެވެ.
22 މާރިޗު 2018