އ.ތ.މ ކޮމެޓީތަކަށް މާލީ އެހީ ދިނުމުގެ އުޞޫލު ފާސްކުރުން 2018/17


ކައުންސިލްގެ ނިންމުން

ނަންބަރ: 2018/17

  • ހުށަހެޅުން:   ށ.އަތޮޅު ރަށްރަށުގައި އިންތިޚާބުކުރެވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މާލީއެހީ ދިނުމުގެ އުޞޫލު ފާސްކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ށ.އަތޮޅުގެ ރަށްރަށުގައި އިންތިޚާބުވެފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީކަށް މާލީއެހީ ދިނުމުގެ އުޞޫލަށް ކޮމެޓީ މަރުޙަލާގައި ގެނެވުނު އިޞްލާޙްތަކާ އެއްގޮތަށް މި އުޞޫލު ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 މާރިޗު 20 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 43ވަނަ ޢާއްމު ޖަލްސާއިންނެވެ.

20 މާރިޗު 2018