އަތޮޅުކައުންސިލަށް ވޭނެއް ގަތުމުގެ މަސައްކަތް ހިނގާފައިވާ ގޮތް ކައުންސިލާ ހިއްސާކޮށް، އެ މަސައްކަތް އެފަރާތުން ވަކިކުރުން


ނަންބަރ: 2018/14

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން:   އަތޮޅުކައުންސިލަށް ވޭނެއް ގަތުމުގެ މަސައްކަތް ހިނގާފައިވާ ގޮތުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކޮށް، އެ މައްސަލާގައި އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

އަތޮޅުކައުންސިލަށް ވޭނެއް ގަތުމުގެ މައްސަލައިގައި އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ މަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތާއި، ކައުންސިލާ ދެމެދު ވެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށާއި، މިފަހަރު މަސައްކަތް ޙަވާލުކުރެވުނު ކުންފުނި 1 އަހަރު ދުވަހުގެ މުއްދަތަށް ބްލެކްލިސްޓް ކުރުމަށް ފާސްކޮށް، ވޭން ހޯދުމުގެ މަސައްކަތް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްގެން އަލުން ކުރިޔަށްގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 ފެބްރުވަރީ 20 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 39ވަނަ ޢާއްމު ޖަލްސާއިންނެވެ.

20 ފެބްރުވަރީ 2018