ކައުންސިލްގެ ނިންމުން
ނަންބަރ: 2018/12
- ހުށަހެޅުން: ވިޔަވަތި ޤުރުއާން މުބާރާތް 2018 ޤަވާޢިދުގެ 16ވަނަ މާއްދާގައިވާ ” މުބާރާތުގައި ހޮވާ ވަނަތައް” އެ ޤަވާޢިދުގެ ގިންތިތަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އިޞްލާޙްކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ވިޔަވަތި ޤުރުއާން މުބާރާތް 2018ގެ ޤަވާއިދުގެ ހޮވާ ވަނަތަކުގެ ބައިގައި މުޅި މުބާރާތުގެ ދެ ގޮފިން 1، 2، 3 ވަނަ ހިމަނައި ހުށަހެޅިފައިވާ ކަރުދާސް ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 ފެބްރުވަރީ 20 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 39ވަނަ ޢާއްމު ޖަލްސާއިންނެވެ.
20 ފެބްރުވަރީ 2018