ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: 18 ފެބްރުވަރީ 2018، އަންގާރަ – ހެނދުނު 10:00
އެޖެންޑާ
- ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
- ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
- ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
- ވިޔަވަތި ޤުރުއާން މުބާރާތް 2018 ޤަވާޢިދުގެ 16ވަނަ މާއްދާގައިވާ “މުބާރާތުގައި ހޮވާ ވަނަތައް” އެ ޤަވާޢިދުގެ ގިންތިތަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އިޞްލާޙްކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ށ.އަތޮޅުކައުންސިލާއި، މައި ކޮލެޖާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 4 އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯހާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ށ.އަތޮޅުކައުންސިލްގެ 2018ވަނަ އަހަރުގެ މަސައްކަތު ތާވަލާ ބެހޭގޮތުން މަޝްވަރާކޮށް ފާސްކުރުން.
- އަތޮޅުކައުންސިލަށް ވޭނެއް ގަތުމުގެ މަސައްކަތް ހިނގާފައިވާ ގޮތުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކޮށް، އެ މައްސަލާގައި އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ކައުންސިލަރުން ހުށައަޅުއްވާ ކަންކަން
- އިދާރީ މައްސަލަތައް
5.1 55.1 މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 3ވަނަ ދައުރުގެ 36، 37، 38 ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިއަށް ގެންދާނީއެވެ.
18 ފެބްރުވަރީ 2018