ކައުންސިލްގެ ނިންމުން
(N)-2017/69
- ހުށަހެޅުން: އަތޮޅުވެހި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމަށް އެމް.ޓީ.ސީ.ސީން ހުށަހަޅާފައިވާ ރިކޮމަންޑޭޝަންތަކާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ށ.އަތޮޅު ކައުންސިލްގެ އަތޮޅުވެހި ޢިމާރާތް އެމް.ޓީ.ސީ.ސީއަށް ކުއްޔަށް ދިނުމާ ބެހޭގޮތުން ކައުންސިލުން އެކުލަވާލެވުނު އެއްބަސްވުމަށް އެމް.ޓީ.ސީ.ސީން ހުށަހެޅުއްވި ރެކޮމަންޑޭޝަންތަކަށް ކޮމެޓީ މަރުޙަލާގައި މަޝްވަރާކޮށް މިހާރު ގެނެވިފައިވާ އިޞްލާޙްތަކާ އެއްގޮތަށް މި އެއްބަސްވުން ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 ޖަނަވަރީ 30 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 36ވަނަ ޢާއްމު ޖަލްސާއިންނެވެ.
30 ޖަނަވަރީ 2018