ހެލްތު މިނިސްޓަރ ށ.އަތޮޅަށް ވަޑައިގެންފި


                    މިނިސްޓަރ އޮފް ހެލްތު އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ނާޒިމް މިއަދު ށ.އަތޮޅަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުފުޅުގައި މިއަދު މިލަންދޫ ނަރުދޫ އަށް ވަޑައިގެން އެރަށްރަށުގެ ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، އެ ދާއިރާގައި މިނިސްޓަރ އޮފް ހެލްތު އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ނާޒިމް މިއަދު ށ.އަތޮޅަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުފުޅުގައި މިއަދު މިލަންދޫ ނަރުދޫ އަށް ވަޑައިގެން އެރަށްރަށުގެ ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، އެ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އޭގެއިތުރުން މިލަންދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތް ހުޅުވައިދެއްވިއެވެ. އަދި މިރޭ މަޑުކުރެއްވީ ވެރިރަށް ފުނަދޫގައެވެ.

އެމަނިކުފާނު މިރޭ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލް ބައްލަވައިލައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިއެވެ. އަދި މާދަމާ ޅައިމަގު، މަރޮށި، ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މި ދަތުރުފުޅުގައި ވަޑައިގެންނެވި ރަށްރަށުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.
މިދަތުރުފުޅަކީ ށ.މިލަންދޫއާއި، ކޮމަންޑޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ށ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ޞިއްޙީދާއިރާގެ ޙާލަތު ބެއްލެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.