ކައުންސިލްގެ ނިންމުން
2017/66
- ހުށަހެޅުން: ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި ވިލާކޮލެޖާއެކު އެމް.އޯ.ޔޫގައި ސޮއިކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ކައުންސިލްގެ 3ވަނަ ދައުރުގެ 33ވަނަ ޢާއްމު ޖަލްސާއިން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމަށް ފާސްކުރެވުނު “މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ބޭނުންވާ ވިލާ ކޮލެޖްގެ ޕްރޮގްރާމްތައް ހިންގުމަށް ވިލާ ކޮލެޖާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި ދެމެދު ވެވޭފަހުމުނާމާ” ގައި އެ ކޮލެޖާއެކު ސޮއިކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2018 ޖަނަވަރީ 17 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 34ވަނަ ޢާއްމު ޖަލްސާއިންނެވެ.
17 ޖަނަވަރީ 2018