މުވައްޒަފުން ތަމްރީނުކުރުމަށް ވިލާކޮލެޖާއެކު ވެވޭ އެމް.އޯ.ޔޫ ފާސްކުރުން


ކައުންސިލްގެ ނިންމުން

ނަންބަރ: 2017/64

  • ހުށަހެޅުން:  ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި ވިލާކޮލެޖާއެކު ވެވޭ އެމް.އޯ.ޔޫގެ ޑްރާފްޓާ ބެހޭގޮތުން މަޝްވަރާކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ކައުންސިލްގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ވިލާކޮލެޖާއެކު ސޮއިކުރުމަށް ޑްރާފްޓް ކުރެވިފައިވާ ފަހުމުނާމާއަށް ކޮމިޓީ މަރުޙަލާގައި މަޝްވަރާކޮށް ގެނެވިފައިވާ އިޞްލާޙްތަކާ އެއްގޮތަށް ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2018 ޖަނަވަރީ 16 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 33ވަނަ ޢާއްމު ޖަލްސާއިންނެވެ.

 

16 ޖަނަވަރީ 2018